ޚަބަރު

އައްޑޫ ސިޓީ ފޭދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިފި


އައްޑޫސިޓީ ފޭދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ. 

އައްޑޫ ސިޓީ ފޭދުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރެއްވުމަށް ފޭދޫ ފަޅުން 50 ހެކްޓަރުގެ ބިން ހިއްކެވުމަށް ވަނީ ނިންމަވާފައެވެ. ބިން ހިއްކުމަށް ޙަވާލުކުރައްވާފައިވާ "ފަން އޫދް މެރިން އެންޑް ޑްރެޖިން" ކުންފުނިން ބިންހިއްކުމަށް ބޭނުންކުރާ ޑްރެޖަރާއެކު ފޭދޫއަށް ދިޔައީ މި ހަފްތާތެރޭގައެވެ. 

ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 168 މިލއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅުއްވާފައިވަނީ ސާދަ ދުވަހުގެ ތެރޭގައެވެ.

ފޭދޫގެ އިތުރުން، ގދ. ތިނަދޫ ކ. ހިންމަފުށީ ބިންހިއްކުމުގެ މަސައްކަތްވެސް އެ ކުންފުންޏާ ޙަވާލުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ފަސްވަނަ ދުވަހުއެވެ. މިތިން ރަށުގެ ބިންހިއްކާ ނިންމުމަށް 603 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އެކުންފުންޏާ ޙަވާލުކުރައްވާފައިވަނީ ސާދަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ގދ. ތިނަދޫގައި ހިއްކުމަށް ކަނޑައަޅާފައިވަނީ، 55 ހެކްޓަރ އަދި ހިންމަފުށީގައި 45 ހެކްޓަރުގެ ބިންހިއްކުމަށް ވަނީ ނިންމަވާފައެވެ.