ޚަބަރު

ދިރާގުން ޔޫރޯ އާއި އީދަށް މުޅިން އައު ޕްރޮމޯޝަންތަކެއް


  • ޔޫރޯ 2024އާ ގުޅުވައިގެން ދިރާގުން ޚާއްސަ ތިން ޕްރޮމޯޝަނެއް ތަޢާރަފްކުރި

ޔޫރޯ 2024 އާ ޢީދާ ގުޅިގެން ދިރާގުން އައު ޕްރޮމޯޝަންތަކެއް ތަޢާރަފްކޮށްފިއެވެ. މިޕްރޮމޯޝަން ތަޢާރަފްކުރިކަން ހާމަކުރީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމެވެ.

މިޕްރޮމޯޝަންތަކާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރަމުން ޝާރިހް ބުނީ މިޚާއްސަ ޕްރޮމޯޝަންތަކާއެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާއި އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ކުލަގަދަކޮށް، ފުރިހަމަކަމާއެކު ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ޔޫރޯއާ ގުޅިގެން 3 ޕްރޮމޯޝަނެއް ދިރާގުން ތަޢާރަފްކުރާނެ ކަމަށް އޭނާ ބުންޏެވެ. އެއީ ސޮނީ ލިވް ޕްރިމިއަމް އެކްސެސް، މެޗް ޕާސް އަދި ޖެހީ ލިބުނީ ޖީބީއެވެ.

ސޮނީ ލިވް ޕްރިމިއަމް އެކްސެސް:

ދިރާގުން ބުނީ ޔޫރޯގެ ހުރިހާ މެޗެއް އޮންލައިންކޮށް ބަލާލުމަށްޓަކައި ސޮނީ ލިވް ޕެކާއެކު 80 ޖީބީގެ ޑޭޓާ އަދި ޔޫރޯ 2024ގެ އޮފިޝަލް ސްޓްރީމިން ޕާޓްނަރު، ސޮނީ ލިވްގެ 30 ދުވަހުގެ ޕްރިމިއަމް އެކްސެސް 80 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ސޮނީލިވްގެ ސްޓޭންޑަލޯން 30 ދުވަހުގެ ސަބްސްކްރިޕްޝަނެއް 60 ރުފިޔާއަށް ހޯދޭނެއެވެ. މީގެ އިތުރުން އައު ދިރާގު ޕްރީޕެއިޑް ޕްލޭނެއް ނަގާ ފަރާތްތަކަށް 30 ދުވަހުގެ ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ ކަމަށާއި، އައު ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ކަނެކްޝަން ނަގާ މަހާއި ޖެހިގެން އަންނަ މަހު ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

ޖެހީ ލިބުނީ ޖީބީ:

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެ މީހަކު ސަޕޯޓް ކުރާ ޓީމުން ގޯލެއް ޖެހުމުން ހިލޭ 1 ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެ އެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރަޖިސްރީ ކުރެވޭނީ އެއް ފަހަރު ކަމަށް ދިރާގުން ބުނެއެވެ.

މެޗް ޕާސް:

މިޕްރޮމޯޝަންގެ ދަށުން 30 ރުފިޔާއަށް 30ޖީބީ ލިބޭ ޚާއްސަ އެޑް-އޮންއެއް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތު ނެގޭނެ ކަމަށާއި، ކޮންމެ ނަމްބަރަކަށްވެސް ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑް-އޮން ނެގޭނީ މެޗު ކުރިއަށްދާ ވަގުތު އެއްފަހަރު ކަމަށް ދިރާގުން ހާމަކުރެއެވެ.

މީގެ އިތުރުން އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ޚާއްސަ ދެ އޮފަރއެއް ތަޢާރަފްކޮށްފައެވެ. އެއީ އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކާއި ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރއެވެ.

އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކް:

ދިރާގުން ބުނީ އީދު ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ 7 ދުވަސް ޕެކް އިތުރު 50ޖީބީއާއެކު ޖުމްލަ 150ޖީބީ އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެ ކަމަށެވެ. މިއޮފަރ ކުރިއަށްދާނީ 22 ޖޫން 2024 ގެ ނިޔަލަށެވެ.

ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރ

މިއޮފަރގެ ދަށުން 30 ޖޫންގެ ނިއަލަށް ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާރތަކާއެކު އިތުރު ޑޭޓާ ލިބޭނެއެވެ.

މިޕްރޮމޯޝަންތަކުގެ އިތުރުން ދިރާގުން މިފަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވެސް ވަނީ ރާފައެވެ. އޭގެތެރޭގައި މިއުޒިކް ޝޯއަކާއި އެނޫންވެސް ހަރަކާތްތައް ހިމެނެއެވެ.
މިއުޒިކު ޝޯގެތެރެއިން ދިރާގުން ތަޢާރަފްކުރި "ވިން އަ ޓެސްލަރ"ގެ ނަސީބުވެރިޔާ އިއުލާނުކުރާނެކަމަށް ދިރާގުން ހާމަކުރިއެވެ.

" އީދު ޝޯ އޮންނާނީ 17 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި، މިޝޯގައި ވަރަށް ގިނަ މަޝްހޫރު ފަންނާނުން ބައިވެރިވާނެ" ޝާރިހް ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހިތްގައިމު އާ އޮފަރތަކާ އެކު ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.