ޚަބަރު

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ޝިއުރީ


  • ޝިއުރީއަކީ ޓީޓީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތެއް

  • މިހާރު ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގައި

  • ވޯލްޑު ބޭންކުގެ ބައެއް މަޝްރޫޢުތަކުގައި މަސައްކަތްކުރައްވާފައިވޭ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ޝިއުރީ މިއަދު އައްޔަންކޮށްފިއެެވެ.

ކުރީގެ މޮޅު ޓީޓީ ކުޅުންތެރިއެއްކަމަށްވާ ޝިއުރީ މިހާރު ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގައެވެ.

ޝިއުރީ ދަނީ ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށްގެންދާ މީރީ ޕްރޮޖެކްޓުގައިވެސް މަސައްކަތްކުރަމުންނެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މަސީގެ ބޯޑު މެމްބަރުކަންވެސް ޝިއުރީވަނީ އަދާކޮށްފައެވެ.

ޝިއުރީ ޑިގްރީ ހާސިލްކޮށްފައިވަނީ މަރކެޓިންގެ ދާއިރާއިންނެވެ. އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިންވަނީ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޝިއުރީ އައްޔަންކޮށްފައި ވަނީ އެމަގާމުގައި ކުރިން ހުންނެވި، ފާތިމަތު ތައުފީޤް މެއި މަހުގެ 22ވަނަ ދުވަހު މަޤާމުން ވަކިކުރުމުންނެވެ.