ޚަބަރު

އަޟްހާ ޢީދު ބަންދުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ


  • "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި 24 ގަޑިއިރު ހުށަހެޅޭނެ

އަޟްހާ ޢީދާއި ގުޅިގެން އަންނަ ހަފްތާގައި ސަރުކާރު ބަންދުވިނަމަވެސް ޕާސްޕޯޓުގެ ހެއްދުމާއި ދޫކުރުން ކުރިއަށްދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އީދު ބަންދުގައި ހިދުމަތް ދޭނީ މިމަހު 17 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި ހެނދުނު 9:00 އިން މެންދުރު 1:00އަށް އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އެ ދުވަސްތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ކަމަށާއި ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެންވެސް ކިއު ނަންބަރު ނެގޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ވަނީ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅުއްވުމަށް އިލްތިމާސްކޮށްފައެވެ.

ޕާސްޕޯޓު ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު މިދުވަސްކޮޅު އެދެމުންދާއިރު ޕާސްޕޯޓު ހެއްދުމުގެ ކަންކަން ބޮޑަށް ލުއި ފަސޭހަކުރުމުގެ ބޭނުމުގައި އިމިގްރޭޝަނުގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި 24 ގަޑިއިރު ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށާއި އެމެޖެންސީ އެއް މެދުވެރިވެގެން ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ އަދި އޮންލައިންކޮށް މި މުއްދަތުގެ ތެރޭގައި ހެދުނު 9:00 ފެށިގެން މެންދުުރު 13:00 އާއި ހަމަޔަށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށް އމިގްރޭޝަނުން މަޢުލޫމާތު ދެއެވެ. އަދި ހެދުނު 8:30 ފެށިގެން ހަވީރު 16:00 ހަމަޔަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓާ ހަވާލުވުށް ނަންބަރު ދޫކުރާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ޢީދު ބަންދާއި ގުޅިގެން ވިސާގެ ޚިދުމަތްތަކަށްވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން 16 ޖޫން އިން ފެށީގެން 20 ޖޫންގެ ނިޔަލަށް އެކްސްޕަޓް ސިސްޓަމް މެދުވެރިކޮށް ވޯކް ވީޒާއަށް ހުށަހެޅުން ބަންދުވާނެކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޓުއަރިސްޓް ވިސާ އެންޓެންޝަން އަދި ސްޕެޝަލް ވިސާއަށް ހުށަހެޅޭކަމަށް އިމިގްރޭޝަނުން ބުނެއެވެ. ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ވޯކް ވީޒާއާއި އެހެނިހެން ވީޒާގެ ކަންކަމުގައި ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އަށް މެޑިކަލް އިމަޖެންސީތަކުގައި ގުޅޭނެކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ކުރިއަށް އޮތީ ބަންދު ދުވަސްތަކެއްކަމުން އެކިއެކި ވިސާތަކުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޕާސްޕޯޓުގައި އޮތީ މުއްދަތު ހަމަނުވާ ވިސާއެއްތޯ ޔަޤީންކުރެއްވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް މިދުވަސްކޮޅު އެދެމުންދާއިރު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.