ޓީއެމްއޭގެ ސީ-ޕްލޭނެއް ކަނޑަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު އެކްސިޑެންޓްވީ ބޯޓުގެ ކަނާތް ފަރާތު ކަނދަށް ގެއްލުންވެގެންކަމަށް ސިވިލް އޭވިއޭޝަން އޮތޯރެޓީއިން ބުނެފިއެވެ.
މިހާދިސާ ހިނގާފައިވަނީ ބ. އަތޮޅު މިރިޔަންދޫ ރިސޯޓަށް ސީ ޕްލޭނަށް ޖައްސަން އުޅުމުގެ ތެރޭގައިކަމަށާއި ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މިއަދު ހަވީރު 3:30 ހާއިރު މިޙާދިސާ ހިނގި ވަގުތު ބޯޓުގައި 11 ފަސިންޖަރުންނާއި 3 ކުރޫއިން ތިބިކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ ޓީއެމްއޭގެ ސީ-ޕްލޭނެއް ކަނޑަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ ކަނާތް ފަރާތު ކަނދަށް ގެއްލުންތަކެއް ލިބިގެންކަމަށްވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.
ސިވިލް އޭވިއޭޝަން އޮތޯރެޓީއިން ބުނީ އެފަރާތުން މިހާރު މިޙާދިސާ އިތުރަށް ތަޙުގީގު ކުރަމުންދާކަމަށެވެ.