ޚަބަރު

ރައީސްގެ އަނބިކަނބަލުންގެ ބައްޕާފުޅުގެ މަޤާމުގައި ހުންނެވި އަލީ އިބްރާހީމް އަވަހާރަވެއްޖެ


  • އަލީ އިބްރާހީމް އަވަހާރަވީ 78 އަހަރުގައި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ބައްޕާފުޅުގެ މަޤާމުގައި ހުންނެވި ޢަލީ އިބްރާހީމް އަވަހާރަވެއްޖެއެވެ.

އުމުރުން 78 އަހަރުގައި ރައީސްގެ އަނބިކަނބަލުންގެ ދޮންބައްޕާފުޅު އަލީ އިބްރާހީމް، އަވަހާރަ ވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ވަނީ މަރުޙޫމްގެ ކަށުނަމާދުގައި ވީހާވެސް ގިނަ ފަރާތްތައް ބައިވެރިވެ ދެއްވުމަށް އެދިވަޑަިގެންފައެވެ. އަލީ އިބްރާހީމްގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.


އަލީ އިބްރާހީމް އަވަހާރަ ވުމާއި ގުޅިގެން ވެރިކަން ކުރާ ޕީއެންސީންވެސް ވަނީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުންނާއި ޢާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.