ޚަބަރު

ޔޫރޯ 2024: ޕީއެސްއެމުން ބާއްވާ "ޔޫފޯރިއާ" ކުޑަކުދިންގެ ހަވީރު މިއަދު ސެންޓްރަލް ޕާކުގައި


  • "ޔޫފޯރިއާ" ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން ޕީއެސްއެމުން ބާއްވާ ކުޑަކުދިންގެ ޚާއސަ ހަވީރު މިއަދު އޮންނާނެނެ.

"ޔޫފޯރިއާ"ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅުވައިގެން ބާއްވާ މި ހަރަކާތުގެ ތެރެއިން ކުޑަކުދިންނާއި ގުޅޭ ގޭމުތަކާއި އިތުރު ޙަރަކާތްތަކާއި ތަފާތު އެކި ސްޓޯލްތައްވެސް ހުންނާނެއެވެ. އަދި މި ކުޑަކުދިންގެ ހަވީރު ޓީވީއެމްއިން ވަގުތުން ގެނެސްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޔޫރޯއާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖައްސާފައިވާއިރު، ޔޫރޯއާއި ގުޅިގެން ޕީއެސްއެމުން ޚާއްސަ ކަވަރޭޖެއް ގެނެސްދިނުމަށްވެސް ވަނީ ތައްޔާރުވެފައެވެ. އެގޮތުން މުބާރާތާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ގެނެސްދިނުމަށް ޕީއެސްއެމުން ވަނީ "ޕީއެސްއެމް ފޯރި 2024" ނަމުގައި ޚާއްސަ ކަވަރޭޖެއް ލޯންޗްކޮށްފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރޯގެ މެޗުތައް ލައިވްކޮށް، ފުރިހަމަ އެޗްޑީ ކޮލިޓީގައި ބެލުންތެރިންނަށް ގެނެސްދިނުމަށް ރާއްޖޭގައި ރައިޓްސް އޮތް ހަމައެކަނި ފަރާތަކީ މިފަހަރު ޕީއެސްއެމްއެވެ