ތަޢުލީމު

ކުދިންގެ ކިބައިގައި ރިވެތި އަޙްލާގް އަށަގެންނެވުމަކީ ޒިންމާއެއް


ކުޑަކުދިންނަށް ރިވެތި އަޚުލާޤު ދަސްކޮށްދިނުމަކީ މާދަމާ މުޖްތަމަޢަށް އެކުދިން ނުކުންނައިރު ކޮންމެހެންވެސް ބޭނުންތެރި މުހިންމު ކަމެކެވެ. އެކުދިންގެ ކިބައިގައި ރިވެތި އަޚުލާގު އަށަގެންނެވުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. 

އަޅުގަނޑުމެންގެ ދީނުގައިވެސް ރިވެތި އަޚުލާޤު ހިފެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމާއި، ސާފުތާހިރުކަމަކީ ފާހަގަކޮށްލެވޭ މުހިންމު ކަންކަމެވެ. މިފަދަ ސިފަތައް ކުޑަކުދިންގެ ކިބައިގައި އަށަގަންނުވައިފިނަމަ އަޅުގަނޑުމެންގެ މުޖްތަމައުއަށް ފައިދާ ހުރި ހެޔޮ އަސަރުތައްކުރާނެއެވެ. ނަމާދު ކުރުމަކީ އޭގެ ސަބަބުން ކުއްޖާގެ އަޚުލާގަށް ބޮޑެތި ހެޔޮބަދަލުތަކެއް އަންނަކަމެއްކަމަށެވެ. އަދި ނަމާދުން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މަޑުމައިތިރިކަމާ، ވަގުތަށް ކަމޭހިތުމުގެ މުހިންމުކަމެވެ.

ސްކޫލް މާހައުލަކީވެސް އަޅުގަނޑުމެން ކުޑަކުދިންގެ އަޚުލާގަށް ބޮޑެތި ބަދަލުތަކެއް އަންނަ ތަނެކެވެ. އަދި މިތަނަކީ އަޅުގަނޑުމެން ކުޑަކުދިން ދެވަނައަށް އެންމެ ގިނަ ވަގުތު ހޭދަކުރާ ތަންވެސްމެއެވެ. ސްކޫލުގައި ރިވެތި އަޚުލާގު ދަސްކުރުމާއި، އަދަބުތައް ހިފެއްހެއްޓުމަށް ސަމާލުވުމަކީ ވަރަށްމުހިންމުކަމެކެވެ. އެގޮތުން ކިޔަވައިދެއްވާ ޓީޗަރުންނަށް ކަމޭހިތުމާއި، އުޅޭ ކްލާސްރޫމް ފަދަ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަކީވެސް ރިވެތި އަޚުލާގާގުޅިފައިވާ މުހިއްމު ކަމެކެވެ.

ވީމާ މިފަދަ ސިފަތައް އަށަގެންނެވުމަކީ އަޅުގަނޑުމެން ކޮންމެ ކުއްޖެއްގެވެސް ޒިންމާއަކަށްވާންޖެހެއެވެ. އަދި މިކަމުގެ ސަބަބުން މާދަމާ އަޅުގަނޑުމެން މުޖްތަމައުއަށް ނުކުންނަ އިރު ދިމާވާ ކަންތައްތަކާ ކުރިމަތިލުމަށް ފަސޭހަވެ، މި އާދަ ފޯރުކޮށްދިނުމަށް އެހީ އަކަށްވެގެންދެއެވެ.