ޚަބަރު

މައްކާގައި ސްކޭމް ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި


ޙައްޖު މޫސުމާ ދިމާކޮށް ސްކޭމް ހިންގަން އުޅުނު ބަޔަކު މައްކާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ޙައްޖުވެރިންނަށް އޮޅުވާލައި ސްކޭމް ހިންގަން މަސައްކަތް ކޮށްފައި ވަނީ މިޞްރުގެ ދެ މީހުންނެވެ. އެ މީހުން ސްކޭމް ހިންގަން މަސައްކަތް ކޮށްފައި ވަނީ މީސް މީޑިއާ މެދުވެރިކޮށެވެ. އެ މީހުން ހައްޔަރު ކުރުމަށް ފަހު އެ މީހުންނާ ދެކޮޅަށް ދަޢުވާ ކުރުމަށް ވަނީ ނިންމައިފައެވެ.

ޙައްޖު މޫސުމުގައި އެކި ވައްތަރުގެ ސްކޭމުތަކުގައި ނުޖެހުމަށާއި އޮޅުވާލުންތަކަށް ސަމާލުވުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. ޙައްޖު މޫސުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގުމަށް ރާވައިކަން ފާހަގަކޮށް ސަޢުދީ ޢަރަބިއްޔާއިން ވަނީ އެ ކަންކަމަށް ސަމާޅުވުމަށް އެދިފައެވެ. ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނެފައި ވަނީ ޙައްޖު މޫސުމުގައި ހިންގާ އޮޅުވާލުންތަކުން ސަލާމަތްވުމަށް ރަސްމީ އިދާރާތަކުން ޚިދުމަތް ހޯދުން މުހިއްމު ކަމަށެވެ. އަދި އޮލޫވާޅުންތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނެކަމުގެ އިންޒާރު ވެސް އެ ޤައުމުގެ ސަރުކާރުން ދީފައިވެއެވެ.

މި އަހަރުގެ ޙައްޖުގައި 2 މިލިއަނެއްހާ މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އަދި ޙައްޖުވެރިންނަށް ޢަމާޒުކޮށް ހިންގާ އޮންލައިން ސްކޭމުތައް މި އަހަރު އިތުރުވާނެ ކަމަށް ސައިބަރ ސެކިއުރިޓީއާ ބެހޭ ކުންފުނިތަކުން ވަނީ ލަފާކޮށްފައެވެ.