އދ. ދަނގެތި ކައިރީގައި މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުންޖެހި އެމީހާ މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ބިދޭސީ މީހާ މަރުވީ، ފާނައަށް ގޮސް މޫދުގައި އޮއްވާ، އޭނާގެ ގައިމަތިން ލޯންޗެއް ދުއްވާފައި ދިއުމުންނެވެ. މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން ވިދާޅުވީދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މަޢުލޫމާތު ލިބުިފައިވަނީ ހެނދުނު 07:55 ހާއިރުކަމަށެވެ. ލޯންޗުގައި ޖެހުނު މީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުންނާ ޙަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ގެންދަނީ ތަޙުޤީގުކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.