ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް މާލޭގައި މިއަދު އެއްވުމެއް ބާއްވައިފިއެވެ.
އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް ގުޅިގެން "ރަފަޙް އަނދަނީ" ގެ ނަމުގައި މިއެއްވުން ބާއްވާފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ދިވެހިންގެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްރާއީލްގެ ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާގެ އެތައް ހާސް ބަޔަކު ދިިރިއުޅެމުންދާ ރަފަޙްގެ ޓެންޓުތަަކަށް ދެ ފަހަރެއްގެ މަތިން ހަމަލާދީ އާންމުންގެ އެތައްބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އެ ސަރަޙައްދަކީ ޙަމަލާތަކުން ރައްކާތެރި ސޭފް ޒޯނެއްކަމަށް، ޔަހޫދީ އިސްރާއިލުން ބައިނަލްއަޤްވާމީ ދުނިޔެއަށް ދައްކަމުންދިޔަ ސަރަޙައްދެކެވެ.