ޚަބަރު

ގދ. ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި


ގދ ތިނަދޫ މަގުތަކުގައި ތާރުއެޅުއްވުމުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިފިއެވެ.

ތާރުއެޅުއްވުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ފުރަތަމަ ތާރުއަޅުއްވަމުން ދަނީ ތިނަދޫ ސްކޫލް ހިމެނޭ މަގުގައެވެ. ތިނަދޫ ބަނދަރު ސަރަހައްދު ހިމެނޭގޮތަށް ހަތް މަގެއްގައި ތާރުއެޅުއްވުމަށް ހަމަޖެހިފައިވާއިރު، މިހުރިހާ މަގެއް އެއްކޮށް ޖުމްލަ ނުވަ ކިލޯ މީޓަރ ދިގު ސަރަހައްދެއްގައި އެރަށުގައި ތާރުއެޅުއްވުމަށް ހަމަޖެހިފައިވެއެވެ. 

ތިނަދޫ ސްކޫލް ހުންނަ މަގުގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ފައްޓަވާފައި ވާއިރު އެހެން މަގުތަކުގައިވެސް ތާރުއެޅުއްވުމަށް ކުރައްވަންޖެހޭ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށް ތިނަދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. 

ތިނަދޫ މަގުތައް ތާރުއަޅުއްވާ ރަނގަޅު ފެންވަރަކަށް ހެއްދެވުމުގެ މަޝްރޫޢު ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.