މާލެ އަތޮޅު 2 ފަޅެއް ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކުރުމަށް ރަށްތަކެއް ބީލަމަށް ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމަށް އައު ރަށްތަކަކާއި ފަޅުތަކެއް ހުޅުވާލާފައިވާއިރު، ސަރުކާރުން ވަނީ މިއަހަރު ތެރޭގައި އައު ގިނަ ރިސޯޓްތަކެއް ތަރައްޤީކުރުމަށް އަމާޒު ކަނޑައާޅަފައެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އަލަށް ހުޅުވާލި ތަންތަނުގެ ތެރޭގައި ހިމެނެނީ 11 އަތޮޅަކުން 14 ރަށަކަށާއި 3 ފަޅެކެވެ.
ހދ ވައިކަރަމުރައިދޫ ( 15 ހެކްޓަރު)
ށ ކުޑަޅައިމެންދޫ
ރ ދިއްކުރެއްދޫ
ޅ ދިއްފުށި
ޅ ވިހަފަރުފިނޮޅު
ކ ހިއްމިއްޔަ ފަޅު
ކ ފަޅެއް
އއ އަލިކޮއިރަށް
ވ ފަޅެއް
ތ ގާލީ
ތ ރުއްތިބިރަށް
ތ ކަނިމީދޫ
ލ ކަށިދޫ
ލ ހަންހުށި
ގއ ބޭރުމައުޑޫ
ގދ ކަޅެހުއްޓާ
އަލަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ. ހިއްމިއްޔާ ފަޅަށެވެ. އެއީ 23.5 މިލިއަން ޑޮލަރެވެ. ދެން އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ޅ. ދިއްފުށި އަށެވެ. އެއީ 18.5 މިލިއަން ޑޮލަރެވެ.
އަލަށް ހުޅުވާލި ރަށްރަށަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓް ލިބެން ހުންނާނެއެވެ.
ފަތުރުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލި ރިޒޯޓްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މިިސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.
މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.