މުނިފޫހިފިލުވުން

އާރޓްސް ދާއިރާ ތަރައްޤީކުރުމަށް ޗައިނާގެ އެހީތެރިކަން ހޯދަނީ


ރާއްޖޭގެ އާޓްސްގެ ދާއިރާ ތަރައްޤީކުރުމުގައި ޗައިނާގެ އެހީތެރިކަން ހޯދުމަށް ނިންމަވައިފިއެވެ. 

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އާއި، ޗައިނާ- މޯލްޑިވިއަން ކަލްޗަރަލް ސެންޓަރާއި ދެމެދު މިއަދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވީ، މިއަދު އާޓް ގެލަރީގައި ބޭއްވި ޗައިނާގެ ކަލްޗަރަލް ޑެލިގޭޝަންގެ ބައްދަލްވުމުގެ ތެރެއިންނެވެ. 

މި ޑެލިގޭޝަނަކީ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އާއި، ޗައިނާ- މޯލްޑިވިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން މިހާރު ކުރިއަށްގެންދާ އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރި ޑެލިގޭޝަނެކެވެ. މި ޑެލިގޭޝަންގައި، ފިލްމް ކްރޫއެއްވެސް ހިމެނެއެވެ. މި ފިލްމަކީ، ރާއްޖެއާއި، ޗައިނާ އަދި ދެކުނު ކޮރެއާ ހިމެނޭގޮތުން ޝޫޓްކުރާ ފިލްމެއް ކަމަށް މި ބައްދަލުވުމުގައި ވަނީ އިޢުލާންކޮށްފައެވެ.