ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި ގުޅިގެން ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ މަޝްރޫއުތައް ހިންގުމަށް މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާތަކުގެ ކޮންފަރެންސް ނުވަތަ ސިޑްސްގެ ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް އެމްބްރޮއިސް ފާޔޮއްލެއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން މިހާރުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައ، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ރައިސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެެވެ.
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ މައްސަލަތަކުން ލިބޭ ގެއްލުން ކުޑަކުަރަން ހިންގާ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އޭގެތެރޭގައި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއި ކަނޢު ތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ސާފު ބޯ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.