މާލޭގައި ދެ ސައިކަލު ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންއަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ދަރުބާރުގެ ޓްރެފިކްލައިޓް ކައިރިން ދެ ސައިކަލެއްޖެހިގެންނެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދަރުބާރުގޭ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު 6:45 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ. މިއެކްސިޑެންޓްގައި އެތަނުން އެއްސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށާއި އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީގުކުރަމުންނެވެ.