ޚަބަރު

ޔޫއޭއީގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގެންފި


ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަޚްޔާން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމނިކުފާނު މާލެ ވަޑައިގަތުމުން އިއްޒުއްދީން ފާލަމުން މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު ދުންޔާ މައުމޫނެވެ.

ޔޫއެއީގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖހިފައެވެ. އަދި ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.