ޚަބަރު

ރިޒޯޓެއްގައި ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ


  • މަރުވެފައިވަނީ ރަޝިޔާއަށް ނިސްބަތްވާ 67 އަހަރުގެ ފިރިހެނެއް

  • ފަތުރުވެރިޔާ އޭޑީކޭއަށް ގެންދިޔައިރުވެސްވަނީ މަރުވެފައި

މާލެ އަތޮޅު ރިޒޯޓެއްގައި ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ ރަޝިޔާއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެއަތޮޅު ރިޒޯޓެއްގައި ސްނޯކްލިއަންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މިއަދު 11:30 އެހާކަށްހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެފަތުރުވެރިޔާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.