ޚަބަރު

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި


  • މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަނަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިމައްސަލާއި ގުޅިގެން ފުލުހުން ވިދާޅުވީ، (ނ، ރ، ބ އަދި ޅ) އަތޮޅު ހިމެނޭ ސަރަހައްދުގައި އުމުރުން 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިފަދަ މައްސަލަ ތަކުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމަށް ފުލުހުން އެކަމެއް ހިންގި އަތޮޅާއި ރަށެއް ހާމައެއް ނުކުރެއެވެ. އަދި އާންމު ފަރާތްތަކުންވެސް އެފަދަ ޚަބަރުތައް ފެތުރުމުގައި ކުޑަކުދިންގެ ހައްޤަށް އުނިކަން އަައިސްދާނެފަދަ ގޮތަކަށް މަޢުލޫމާތު ނުފެތުރުމަށް ގުޅުންހުރި އިދާރާތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ގެންދަވަނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުންނެވެ.