ދުނިޔެ

ޕާޓީ ކޮންގްރެސްގައި އުތުރުކޮރެޔާގެ ޒައީމް ވާހަކަދައްކަވައިފި


އުތުރުކޮރެޔާގައި ވެރިކަންކުރާ ވޯކަރސް ޕާޓީގެ ކޮންގްރެސްގައި އެޤައުމުގެ ޒައީމް އަދި އެޕާޓީގެ ވެރިޔާ، ކިމް ޖޮންގް އުން، ވާހަކަފުޅު ދައްކަވަނިކޮށް އެޤައުމުގެ ރަސްމީ ޓީވީން ދައްކާލައިފިއެވެ.

މިއީ އުތުރުކޮރެޔާއިން ވަރަށް ނުފެންނަ އަދި ނާދިރު މަންޒަރެއްކަމަށް މުރާސިލުން ބުނެއެވެ. ވޯކަރސް ޕާޓީގެ ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅުގައި އުތުރުކޮރެޔާގެ ޒަޢީމް ކިމް ޖޮންގް އުން ވަނީ އެޤައުމުގެ ސިފައިންގެ ލަޝްކަރުތަކުން ދާދިފަހުން ކުރި މިސައިލް ތަޖްރިބާތަކާއި ނިއުކްލިޔަރ ތަޖްރިބާތަކަށް ތާރީފުކުރައްވާފައެވެ. އުތުރުކޮރެޔާގައި ވެރިކަންކުރާ ކޮމިއުނިސްޓް ވޯކަރސް ޕާޓީގެ ކޮންގްރެސްއަކީ ފާއިތުވި 36 އަހަރު ތެރޭގައި އެ ޕާޓީން ބާއްވާ އެންމެ ބޮޑު ކޮންގްރެސްއެވެ. އުތުރުކޮރެޔާގެ ލަޝްކަރުތަކުން ކުރަމުންގެންދާ މިސައިލް ތަޖްރިބާތަކާއި އަދި ނިއުކްލިޔަރ ތަޖްރިބާތަކަށް ތާއީދުކޮށް މި ކޮންގްރެސްއިން ޤަރާރެއް ފާސްކުރާނެކަމަށް ބެލެވޭކަމަށް ޚަބަރު ލިބެއެވެ.