ޚަބަރު

ގެއެއްގެ ތެރެއިން މަރުވެފައި އޮތްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަތުމަށް މަސައްކަތް ކުރަނީ: ފުލުހުން


  • މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް

މާފަންނުގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް މީހާ ފެނުނީ ކެނެރީމަގުގައި ހުންނަ ފަޅު ގެއަކުންނެވެ.

ފުލުހުން ވިދާޅުވީ މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 2:30 އެހާކަށް ހާއިރުކަމަށެވެ. މިމީހާގެ ހަށިގނަޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއީ ކާކުކަން ދެނެގަތުމަށް ބޭނުންވާ ތަޙްލީލްތައް ހަދަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީގުކުރަމުންނެވެ.