ޚަބަރު

ފުއްޕާމޭގެ އާލާސްކަންފުޅަކަށް ސަލްމާން ރަސްގެފާން ފަރުވާ ހޯއްދަވަނީ


ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން ޢަބްދުލް އަޒީޒަށް ޖެހިވަޑައިގެންފިއެވެ.

ޢުމުރުން 88 އަހަރުގެ ސަލްމާން ރަސްގެފާނަށް ފުއްޕާމޭގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާކަން އެނގިވަޑައިގަތީ ޞިއްޙީ ޙާލަތު ދެނެގަތުމަށް ތަހްލީލުތަކެއް ހެއްދެވުމުންނެވެ. އެ ތަހްލީލުތައް ހެއްދެވީ ގަދައަށް ހުން އައިސް ހުޅުތަކުގައި ރިއްސަން ފެށުމުންނެވެ. ފުއްޕާމޭގެ އާލާސްކަންފުޅަށް ސަލްމާން ރަސްގެފާން ފަރުވާ ހޯއްދަވާނީ ވެރިރަށް ޖިއްދާގައި ހުންނަ އަލްސަލާމް ގަނޑުވަރުގައެވެ.

2015ވަނަ އަހަރު ސަޢުދީ އަރަބިއްޔާގެ ރަސްކަމާ ޙަވާލުވެވަޑައިގެންނެވި ސަލްމާން ރަސްގެފާނުގެ ޞިއްޙީ ޙާލަތުގެ ސަބަބުން އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ޖަޕާނަށް ކުރައްވަން އޮތް ރަސްމީ ދަތުރެއް ވެސް ފަސްކޮށްފައެވެ.