ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާއަށް 1.8 މިލިއަން ރުފިޔާ ދައްކަން، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.
މުސްތަފާ އަކުރަމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރައްވާފައިވަނީ އެކިފަހަރުމަތިން އޭނާ އަކުރަމަށް ޗެކުތަކުން ދޫކުރި ކަމަށް ވިދާޅުވާ 1.7 މިލިއަން ރުފިޔާ އާއި ކޯޓަށް މައްސަލަ ހުށަހަޅަން ހަރަދުވި ކަމަށް ބުނާ އެއް ލައްކަ ރުފިޔާ ހޯދުމަށެވެ.
މި މައްސަލައިގައި އަކުރަމް ވިދާޅުވެފައިވަނީ މުސްތަފާ ދެއްވީ، 400000 ރުފިޔާއާއި 50000 ޑޮލަރެވެ. އޭގެ ތެރެއިން 400000 ރުފިޔާ އަނބުރާ ދައްކާފައިވާ ކަމަށް އަކުރަމް ވިދާޅުވެފައިވެއެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެކަން ސާބިތުވާވަރުގެ ހެއްކެއް އަކުރަމް ހުށަހަޅުއްވާފައި ނެތް ކަމަށެވެ.
ސިވިލް ކޯޓުން އަކްރަމްގެ މައްޗަށް ކުރެއްވި ހުކުމުގައި ވަނީ އެ ޤަޟިއްޔާގައި ސާބިތުވެފައިވާ، 400000ރ. އާއި 50000 އެމެރިކާ ޑޮލަރު، އަންނަ ޖުލައި މަހު 19 ވަނަ ދުވަހުގެ ކުރިން މުސްތަފާއަށް ދިނުމަށްޓަކައި އެ ކޯޓަށް ދައްކައި ޚަލާސްކުރަން ޖެހޭ ކަމަށެވެ.
މިއީ ސިވިލްކޯޓަށް 2019 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައެކެވެ.