ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ކަޔަކް ބޯޓެއްގައި މޫދަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
އެމްއެންޑިއެފްއިން ވިދާޅުވީ، އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުޙައްމަދު ސަވަން ފެނިފައި ވަނީ މިއަދު ހެނދުނު 09:25 ހާއިރު ގއ. ރެސިޑެންސް މޯލްޑިވްސް ރިސޯޓްގެ މޫދުން އެ ރިސޯޓްގެ މުވައްޒަފުންނަށްކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
އޭނާ މަސައްކަތްކުރާ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާރު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އެމީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު ފަހު 15:30 ހާއިއިރު ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުންނެވެ. އެއީ އެރިސޯޓު ދޯނީގައި މަސައްކަތްކުރާ މީހެކެވެ.