ތިލަފުށިން ފުރައިގެން މ.އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދަނިކޮށް ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނިން ދަތުރުކުރި 4 މީހުންގެ ހާލުވެސް ރަނގަޅެވެ. އަދި އެމީހުން މިހާރު މެދުފުށި އައިލެންޑް ރިސޯޓަށް ކޯސްޓްގާޑުގެ އުޅަނދެއްގައި ދަތުރުކުރަމުންދާކަމަށްވެސް ހަބަރުތައް ބުނެއެވެ.
"AAA-37" ނަމަކަށް ކިޔާ މި ދޯނި ތިލަފުށިން ފުރައިގެން މ.އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދަނިކޮށް ޚަބަރުނުވެގެން ހޯދަން ފެށީ މިދިޔަ ހުކުރުދުވަހުއެވެ.