ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް މޫސޫމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ގޮތުން ކުރާ ވިއްސާރަކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 ދެމެދުގެ ބާރުމިނުގައިކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަ ވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބައެއް ސަރަހައްދުތަކަށް އެލާޓްވެސް ނެރެފައެވެ.
Alert Yellow for strong winds and rough seas. pic.twitter.com/w2pbJgUR4m
— Maldives Meteorology (@MetMaldives) May 20, 2024
ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން އުދައެރުމައް ސަމާލުވުމަށާއި، ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށާއި، ގެއްލުން ލިބޭގޮތަށް ހުރި ތަންތަނަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ.