ވިޔަފާރި

އެމްޓީޑީސީގެ އަހަރީ ޢާއްމު ޖަލްސާ މިމަހުގެ 10 ވަަނަ ދުވަހު


މޯލްޑިވްސް ޓުރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.ޓީ.ޑީ.ސީގެ މިދިޔަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ މިމަހުގެ ނަވާރަވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވާ ޙިއްޞާދާރުން ރަޖިސްޓްރީކުރުން މިމަހުގެ ނަވާރަވަނަ ވަނަދުވަހުގެ ރޭ އަށްގަޑި ފަނަރައިން އަށްގަޑި ފަންސާހަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެކަމަށް އެމް.ޓީ.ޑީ.ސީއިން ބުނެއެވެ. 

އަހަރީ ޢާންމު ޖަލްސާގައި 2014 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރާނެއެވެ. އަދި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމުންވެސް މިޖަލްސާގައި އޮންނާނެއެވެ.

މިދިޔަ އަހަރު، އެމްޓީޑީސީއަށް ނުވަދިހަ ތިނެއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާގެ ފައިދާ ވެފައިވެއެވެ. އަދި ޙިއްޞާއަކަށް ޖެހޭ ފައިދާ ވަނީ އޭގެކުރީ އަހަރާ އަޅާބަލާއިރު، ސާޅީސް ހަލާރިން ދެރުފިޔާ ހަތްދިހަ އަށްލާރިއަށް އިތުރުވެފައެވެ.