ޚަބަރު

ފަލާޙް ޤުރުއާން މުބާރާތް މިއަދު ފަށައިފި


ފަލާޙް ޤުރުއާން ކްލާހުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ، ޤުރުއާން މުބާރާތުގެ މިއަހަރުގެ މުބާރާތް މިއަދު ފަށައިފިއެވެ.

ޖަމްއިއްޔަތުލް ފަލާޙުގެ ބާނީ އަލްމަރުޙޫމް އަބޫބަކުރު އިބްރާހީމްގެ ހަނދާނުގައި ބާއްވާ ޤުރުއާން މުބާރާތަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކިޔަވަން ދަންނަ ދަރިންތަކެއް އުފެއްދުމަށް ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ މާލޭގެ ހުރިހާ ޕްރީސްކޫލްތަކަކަށްކަމަށް ޖަމްޢިއްޔަތުލް ފަލާޙުން މަޢުލޫމާތުދެއެވެ. 

މި މުބާރާތުގައި ކޮންމެ ސްކޫލަކުން ބައިވެރިވުމަށް ހުޅުވާލާފައިވަނީ ފަސް ދަރިވަރަކަށްކަމަށް ޖަމްޢިއްޔަތުލް ފަލާހުން މަޢުލޫމާތުދެއެވެ.

20 ސްކޫލަކުން 98 ދަރިވަރުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. ޤުރުއާން މުބާރާތުގައި ކިޔެވުމަށް ހަމަޖެހިފައިވަނީ ހިތުން އެކަނިކަމަށް ޖަމްޢިއްޔަތުލް ފަލާޙުން މަޢުލޫމާތުދެއެވެ. މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި ސްކޫލްތައް އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް ވެސް އެޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

މިއީ އެޖަމްއިއްޔާގެ 16 ވަނަ ޤުރުއާން މުބާރާތެވެ.