ޚަބަރު

ކައްދޫ އެއަރޕޯޓްގެނަން އިސްކަންދަރު ވައިގެ މަރުކަޒަށް


ކައްދޫ އެއަރޕޯޓްރަސްމީގޮތުން މިލިޓަރީ އެއަރޕޯޓަކަށް ބަދަލުކުރެއްވުމުގެ މަޝްރޫޢު ރައީސް ފަށްޓަވައިދެއްވައިފިއެވެ.  މިއާއެކު ކައްދޫ އެއަރޕޯޓްގެ ނަންވަނީ އިސްކަންދަރު ވައިގެ މަރުކަޒުގެ ނަމަށް ބަދަލުކުރައްވާފައެވެ. ކައްދޫ އެއަރޕޯޓް ރަސްމީގޮތުން މިލިޓަރީ އެއަރޕޯޓަކަށް ބަދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ކައްދޫގައި މިލިޓަރީ އެއަރޕޯޓެއް ޤާއިމުކުރައްވަން އުޅޭކަން މިދަޔައަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ވަނީ އިއުލާންކުރައްވާފައެވެ. މިލިޓަރީ އެއަރޕޯޓަކަށް ބަދަލުކުރެއްވި ނަމަވެސް ކައްދޫ އެއަރޕޯޓުގައި އާދައިގެ މަތިންއެތެރޭގެ އުދުހުންތައް ކުރިއަށްދާނެއެވެ.