ޚަބަރު

އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް


ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ފިޔަވަތީގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ކޮރަޕްޝަނުގެ ގެއްލުމާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ކޮރަޕްޝަން ނައްތާލައި ނަޒާޙަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމާއި، ކޮރަޕްޝަން ނައްތާލުމުގައި ކަމާ ގުޅުންހުރި ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރައްވާފައިވަނީ، ފުވައްމުލަކުގައެވެ.