ޚަބަރު

މަސްތުވާތަކެތި އެތެރެކުރި މީހަކަށް މަޑިފުށީ ކޯޓުން 27 އަހަރުގެ ޖަލު ޙުކުމެއް


  • ޝަރޫން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހު 5ވަނަ ދުވަހު

  • ހުކުމް ކުރީ 27 އަހަރާ 11 މަހާ 20 ދުވަހަށް ޖަލަށް ލާން

  • މިފަދަ ބޮޑު ހުކުމެއް ރަށު ކޯޓަކުން ކުރިން ކޮށްފައިނުވޭ

ތ.މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކަށް، ކުށްސާބިތުވެ އެރަށު ކޯޓުން 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހު 5ވަނަ ދުވަހު، މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ މަޢުލޫމާތު ލިބިގެން އެކަމުގެ ތުޙުމަތުގައި ހައްޔަރުކުރީ ތ.މަޑިފުށި، ދޮންވެލި ޙުސައިން ޝަރޫންކަމަށެވެ. އޭނާ ހުއްޓުވާ ބަލާ ފާސްކުރީ ރަށުގެ ބަނދަރުމަތިންނެވެ. އޭނާ ބަލާ ފާސްކުރުން އޭނާގެ އަތުން މަސްތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމާ ގުޅިގެން ފުލުހުންވަނީ އެ މައްސަލަ އިތުރަށް ބަލާފައެވެ. އަދި އެކަން ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި ދަޢުލަތުން ޝަރޫންގެ މައްޗަށް އުފުލި ދަޢުވާ ސާބިތުވެ، އޭނާ 27 އަހަރާ 11 މަހާ 20 ދުވަހަށް ޖަލަށް ލުމަށް މަޑިފުށި ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.