ވިޔަފާރި

ހާބަރު ކެފޭތައް ސާފުކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފި


ހުޅަނގު ދެކުނު ސަރަޙައްދުގައި ހުރި ކެފޭތައް ބަންދުކުރައްވައި، އެތަން ސާފުކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

އެތަން ތަރައްޤީ ކުރެއްވުމަށް އެތަނުގައި ހުރި ކެފޭތައް މިހާރު ވަނީ ހުސްކުރައްވާފައެވެ. ހުޅަނގުދެކުނު ބަނދަރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ސަރުކާރުން ގެންގުޅުވާ ޕްލޭނަށް މަސައްކަތް ފެއްޓެވުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އެސަރަޙައްދުގައި ހުރި ކެފޭތަކާއި ފިހާރަތައް އެތަންތަނުގެ ވެރިން ލައްވާ ހުސްކުރުވައި، އެސަރަޙައްދު މިހާރު ވަނީ ބަންދުކުރައްވާފައެވެ. އެތަންތަން ހުސްކުރުމަށް ސަރުކާރުން ދެއްވި 72 ގަޑިއިރުގެ މުހުލަތު ހަމަވީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

ހުޅަނގުދެކުނު ހާބަރު ސަރަޙައްދުގައި ކޮމަން ސީޓީ އޭރިއާއަކާއެކު ހުންނަ ފްޑްކޯޓްތައް ހެދުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ އެސްޓީއޯއެވެ.