ތަޢުލީމު

20 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


  • ޕީއެޗްޑީ، މާސްޓާސް، އަދި ބެޗްލަރސް ޑިގްރީގެ ކޯސްތައް ހިމެނޭ

ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލުކުރުމަށް 20 ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

6 ޤައުމަކުން ކިޔެވުމަށް ހުޅުވާލި ފުރުސަތުގައި ޕީއެޗްޑީ، މާސްޓާސް، އަދި ބެޗްލަރސް ޑިގްރީގެ ކޯސްތައް ހިމެނޭކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ކޯސްތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ސައިންސާއި އިންޖީނިއަރިން ދާއިރާތައް ހިމެނޭގޮތަށް 20 ސްކޮލަޝިޕްގެ ފުރުސަތު ލިބޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

މި ސްކޮލަރޝިޕްތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާނު، ޗައިނާ، ޖަޕާނު، އަޒަރުބައިޖާން، މޮރޮކޯގައި ޔުނިވަރސިޓީތަކުގައި ކިިޔެވުމުގެ ފުރުސަތު ލިބޭ ސްކޮލަރޝިޕްތައް ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަމަހުގެ ގެ ނިޔަލަށް ހުޅުވާލާފައިވާއިރު އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަނުން ވަނީ ސްކޮލަރޝިޕްތަކަށް ޝަރުތު ހަމަވާ މިންގަނޑެއްވެސް އިއުލާންކޮށްފައެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.