ދުނިޔެ

އިންޑިއާގެ މާއޮއިސްޓުންގެ 5 ހަނގުރާމަވެރިން ހައްޔަރުކޮށްފި


އިންޑިޔާގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ މާއޮއިސްޓުންނަށް ނިސްބަތްވާ ހަތިޔާރުއެޅި 5 މީހުން ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ސަލާމަތީ ބާރުތަކުން ބުނީ ޖަޅްކަންދު ސްޓޭޓްގެ ޚޫނީ އަވަށުން ހައްޔަރުކުރި މާއޮއިސްޓް ހަނގުރާމަވެރިންގެ ތެރޭގައި އެޖަމާޢަތުގެ އަސްކަރީ ކޮމާންޑަރެއްވެސް ހިމެނޭކަމަށެވެ. ހައްޔަރުކުރި މާއޮއިސްޓުންގެ 5 މީހުންނަކީ މާއޮއިސްޓުންގެ އަސްލު ޖަމާއަތްކަމަށްވާ ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިޔާ މާއޮއިސްޓް ޖަމާޢަތުން ވަކިވެގަނެގެންއުޅޭ ކުޑަ ޖަމާއަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން ފޮރަންޓް އޮފް އިންޑިޔާއަށް ނިސްބަތްވާ ބައެއްކަމަށް ޖަޅުކަންދުގެ ފުލުހުން ބުނެއެވެ.

މާއޮއިސްޓުންނަކީ އިންޑިޔާގެ އަމަނާއި ޤައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް އެޤައުމުގެ ސަރުކާރުން ދެކެއެވެ.