ޚަބަރު

ބަނޑޭރި ކޮށީގެ އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ


ބަނޑޭރި ކޮށީގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ ފިރެހެނެއްކަމަށެވެ. މިހާރު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިއީ ކޮން ޤައުމެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވާ މީހާ ފެނިފައިވަނީ މީހުން ދިރިނޫޅޭ އެޕާޓްމަންޓަކުންނެވެ.

ފުލުހުން ވިދާޅުވީ، މި މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ދާދި ދެންމެއަކު ކަމަށެވެ.