ޚަބަރު

ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާ ހައްޔަރުކޮށްފައިވަނީ ށ. ފުނަދުއިން

ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ށ. ފުނަދޫގައި ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެންނަމަވެސް އޭނާއާގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މީހަކު ފުނަދޫއިން ހައްޔަރުކޮށްފައިވާއިރު، ފުނަދޫގެ އިންތިޚާބީ މެންބަރަށް އަމާޒުކޮށް ސިހުރު ހަދަން އެރަށަށް އެރިކަމަށްބުނާ މީހާ، ސިހުރު ހަދާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.