ޚަބަރު

ހިންނަވަރު ދާއިރާއިން ޕީއެންސީއަށް ތާރީހީ މޮޅެއް


  • ވޭތިވެދިޔަ 6 ދައުރުވެސް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީން

އެމްޑީޕީ ބަލިކޮށް ޕީއެންސީ ކޯލިޝަނުން ފުރަތަމަ ފަހަރަށް ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނާއި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހްމޫދެވެ.

އިންތިހާބުގައި ޖިހާންގެ މައްޗަށް ކުރި ހޯއްދަވައި، ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާންއެވެ.

ތާރީހަށް ބަލާއިރު މިއީ ޕީއެންސީއަށް ހާއްސަ ކާމިޔާބީއެކެވެ. އެއީ މިދިޔަ 6 ދައުރު އެމްޑީޕީގެ ކޮންޓްރޯލްގައި އޮތް ގޮނޑިއެއް ޕީއެންސީން ކާމިޔާބުކުރުމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހިންނަވަރު ދާއިރާގެ ގޮނޑި ދިފާއު ކުރުމަށް އެމްޑީޕީން ވަރަށް މަސައްކަތް ކުރިއެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ދެފަހަރެއްގެމަތިން ހިންނަވަރަށް ވަޑައިގެން ކެމްޕެއިން ކުރެއްވިއެވެ. ނަމަވެސް ކުރިންވެސް ލަފާކުރެވިފައި އޮތްގޮތުން ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ.