މިއަދު ކުރިއަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުގުނާ ނަތީޖާ އިޢުލާންކުރަން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ 5:30 ގައި ހުރިހާ މަރުކަޒެއްގެވެސް ކިޔު ބަންދުކުރެވިފައިވާކަމަށެވެ. ކިޔު ބަންދުކުރެވުނު އިރު 213156 މީހުން ވޯޓުލާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
5:00 ގައި އިލެކްޝަންސް ކޮމިޝަނުން ނެރުނު ތަފާސްހިސާބު ދައްކާ ގޮތުން ވޯޓު ލީ މީހުންގެ ނިސްބަތް ހުރީ %72.96 ގައެވެ. އަދިވެސް ބައެއް ސެންޓަރުތަކުގައި ކިޔޫ އޮތުމުން އެ އަދަދު މައްޗަށް ދާނެކަމަށް ކޮމިޝަނުން ލަފާކުރެއެވެ.
މިފަހަރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 284،663 އެވެ.