ޚަބަރު

ސިނަމަން ގާޑަން ރެސްޓޯރަންޓްގެ ބަދިގޭގަ ރޯވި އަލިފާން ނިއްވާލުން


ގަލޮޅު ސިނަމަން ގާޑަން ރެސްޓޯރަންޓް ބަދިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކޮންޓްރޯލްކޮށްފިއެވެ. tw:https://twitter.com/PSMnewsmv/status/726695235959541760

މިއަދު 13:40 ހާއިރު މި ހާދިސާގެ މައުލޫމާތު ލިބުމާއި އެކު އެމް.އެން.ޑީ.އެފް ފަޔަަރ ފައިޓަރުންގެ ޓީމެއް އެސަރަޙައްދަށްގޮސް ފެން ޖަހައި 13:48 ހާއިރު ވަނީ އަލިފާން އެކީ ނިއްވާލާފައެވެ. img:http://s1.psmnews.mv/images/660x400/14620995741792.jpg|ސިނަމަން ގާރޑަން ރެސްޓޯރަންޓްގެ ބަދިގޭގައި ރޯވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މި ހާދިސާގެ ސަބަބުން ސިނަމަން ގާޑަން ރެސްޓޯރަންޓުގެ ބަދިގޭގައި ބޭނުންކުރާ ބައެއް ސާމާނަށް ގެއްލުން ލިބިފައިވާއިރު މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.