ސިއްހަތު

ހެލްތު މިނިސްޓަރ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން


ސަރުކާރުގެ ޞިއްޙީ ސިޔާސަތު ހާމަކުރައްވައި، އޭގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްގެ މި ދަތުރުފުޅުގައި އެ އަތޮޅު 3 ރަށެއްގެ ޞިއްޙީ މަރުކަޒަކަށާއި އެ އަތޮޅުގެ އަތޮޅު ހޮސްފިޓަލަށް ވަޑައިގެން، އެތަންތަނުގެ ޞިއްޙީ ޙާލަތު ބައްލަވާލެއްވިއެވެ. މިނިސްޓަރ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެލިދޫ ޞިއްޙީ މަރުކަޒަށާއި، ހޮޅުދޫ ޞިއްޙީ މަރުކަޒަށާއި، ކެނދިކުޅުދޫ ޞިއްޙީ މަރުކަޒުގެ އިތުރުން މަނަދޫގައި ހުންނަ ނ.އަތޮޅު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެންފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ 4 ރަށުގެ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުންނާއި ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރަށް ވަޑައިނުގެންނެވުނު ނ. އަތޮޅުގެ ހުރިހާ ރަށްރަށެއްގެ ކައުންސިލް މެންބަރުންނާއި ޞިއްޙީ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ބައްދަލުވުންތަކުގައި އެރަށްރަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައި ހުރި ދަތިތަކާއި އެ ތަންތަނަށް މިހާރުން މިހާރަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މިނިސްޓަރުގެ ޓީމާއި މަޝްވަރާތައް ކުރައްވާފައިވެއެވެ. އަދި އެތަންތަނަށް ހުރި ފުރުޞަތުތަކާއި، ހެލްތް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މިނިސްޓްރީގެ ފަރާތުން އެފަރާތަކަށް ދެއްވާފައިވެއެވެ.