ޚަބަރު

"އޯޓިޒަމް ތިޔަބޭފުޅުންގެ އަތްމަތީ ފޮތް" އާއްމުކޮށްފި


ދިވެހި ބަހުން ރާއްޖޭގައި ފުރަތަމަ ޝާއިއުކުރި، އޯޓިޒަމްގެ އަތްމަތީ ފޮތް ރޭ އާއްމުކޮށްފިއެވެ.

ނަފްސާނީ ބަލިތަކަށް ޚިދުމަތް ދިނުމުގައި 5 އަހަރުގެ ޚިދުމަތް ފާހަގަކުރުމަށް ރޭ މިޕްސްޓަރ އިން ބޭއްވި ޙަފްލާގައި "އޯޓިޒަމްގެ އަތްމަތީ ފޮތް" ނެރެދެއްވީ، އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާކިލޭޝް މިޝްރާއެވެ.

މިފޮތުގައި އޯޓިޒަމް ހުންނަ ކުއްޖަކު ދެނެގަންނާނެ ގޮތާއި، އަދި އެކުދިން ގެންގުޅުމުގެ ތެރޭގައި އެކުދިންނަށް ދިމާވާ އެކި އެކި ކަންކަމުގައި މައިންބަފައިން، އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ. މިޕްސްޓަރގެ ފަސް ވަނަ އަހަރީ ޖަލްސާގައި، "ޑރ. ނާޒްގެ ނަޒަރުން" ޕްރޮގްރާމްގެ ސީޑީވެސް ވަނީ ލޯންޗްކޮށްފައެވެ. އަދި މިޕްސްޓަރއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ވަނީ ހަދާނީ ލިޔުން އަރުވާފައެވެ.