ޚަބަރު

ބީއެމްއެލްގެ ޕްރޮމޯޝަނަކުން ޗެންޕިއަންސް ލީގު ފައިނަލުގައި ކުޅޭ ޓީމްތަކާއެކު ދަނޑަށް އެރުމުގެ ފުރުސަތު


  • މި ޕްރޮމޯޝަން ހުޅުވާލާފައިވަނީ މާސްޓަރކާޑު ކަސްޓަމަރުންނަށް

  • ޕްރޮމޯޝަން ކުރިއަށްދާނީ 7 މެއިގެ ނިޔަލަށް

ބޭންކް އޮފް މޯލްޑިވްސް އިން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މާސްޓަރ ކާޑު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ. މިފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ކުޑަ ކުއްޖަކަށް ބެލެނިވެރިއަކާއެކު ހުރިހާ ޚަރަދެއްވެސް ހިމެނޭހެން ލަންޑަންގައި 4 ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތާއި ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއްވެސް ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި މާސްޓަރ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 7 މެއި 2024 ގެ ނިޔަލަށެވެ.

މާސްޓަރ ކާޑަކީ ޔޫއެފާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރއެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.