ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ، ފަރުވާދެމުންދިޔަ ޒުވާނަކު ނިޔާވެއްޖެ


  • ނިޔާވީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް، 18އ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެ ފަރުވާދެމުންދިޔަ 18 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.

އޭޕްރިލް 05 ވަނަ ދުވަހުގެ ހަވީރު 04:54 އެހާކަންހާއިރު ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް އެވެ. އޭނާގެ ކަށުނަމާދު ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލެ ސަހަރާގައި މިރޭ 12:00 ގައެވެ.

ވިޝާލްއަށް އަނިޔާލިބުނު އެކްސިޑެންޓާއި ގުޅިގެން އެއެކްސިޑެންޓާއި ގުޅޭ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން ފުލުހުންވަނީ ޢިއުލާންކޮށްފައެވެ.