އިބްރާޙިމް ރަޝީދު (ހޯރަ އިއްބެ) ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި އިބްރާޙިމް ރަޝީދު ނިޔާވީ ދިމާވި ސިއްޙީ ކުއްލި މައްސަލައަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.
އިބްރާޙިމް ރަޝީދު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ނައިބު ރައީސް ވިދާޅުވީ އިބްރާހިމް ރަޝީދު(ހޯރަ އިއްބެ) ނިޔާވި ޚަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއި ފުން ހިތާމަޔާއިއެކުކަމަށެވެ. ނައިބު ރައީސްވަނީ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ވަނީ ދުޢާކުރައްވާފައެވެ.
އިބްރާޙިމް ރަޝީދު ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައެވެ. އަދި އިބްރާޙިމް ރަޝީދަކީ ސިޔާސީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓެއްވެސް މެއެވެ.