ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި މ. ރަބީއުވިލާ ހިމެނޭ ސަރަޙައްދަށް ރައީސް ވަޑައިގެން ހާލަތު ބައްލަވާލައްވައިފި


  • ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެސަރަހައްދަށް ރައީސް ވަޑައިގެންނެވި

  • ރައީސްވަނީ އެސަރަޙައްދަށް ވަޑައިގެން ގެއްލުންތަކާގުޅޭ މައުލޫމާތު އޮޅުންފިލުއްވާފަ

މިރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި މ. ރަބީއުވިލާ ހިމެނޭ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މިރޭ 20:19 ހާއިރު މިހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓުކުރިއިރު، މިހާދިސާ ހިނގިތާ ގިނަ އިރުތަނެއް ނުވަނީސް އެ ސަރަހައްދަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފާނުގެ ހާދިސާއާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވައި، ލިބުނު ގެއްލުންތައް ބައްލަވާލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްވެސް ވަނީ އެޞަރަޙައްދުގައު ހަރަކާތްތެރިވެވަޑައިގެންފައެވެ.

މ. ރަބީއުވިލާގައި ހިނގި އަލިފާނުގެ ހާދިސާ ގައި އެގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެގެ ހިމެނެ ކެނެރީ މަގުވަނީ އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދުކޮށްފައިކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ.

ރަބީއުވިލާގެ 4 ވަނަ ފަންގިފިލާގައި ރޯވި އަލިފާން، މިރޭ 21:12 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވެެއެވެ.

ރަބީޢުވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއިއެކު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމެއްވަނީ ޙާދިސާ ހިނގި ސަރަކާތްތެރިވފައެ