ސިއްހަތު

ހެލްތް މިނިސްޓަރ ނ އަތޮޅަށް ވަޑައިގެންފި


ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވެލިދުއާއި ހޮޅުދޫ ވަޑައިގެން އެ ދެ ރަށުގެ ޞިއްޙީ މަރުކަޒުގެ ހިންގަވަމުން ގެންދަވާ ގޮތް ބައްލަވާލައްވައިފިއެވެ.

މިނިސްޓަރގެ މިޒިޔާރަތުގައި ވެލިދުއާއި ހޮޅުދޫގެ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުންނާއި ކައުންސިލް މެމްބަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގެ އެރަށް ރަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައި ހުރި ދަތިތަކާއި އެ ތަންތަނަށް މިހާރުން މިހާރަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާތައް ކުރައްވާފައެވެ. އަދި އެތަންތަނަށް ހުރި ފުރުޞަތުތަކާއި، ހެލްތް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް އެފަރާތަކަށް ދެއްވާފައިވެއެވެ.

ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.އަތޮޅުގެ 4 ރަށަކަށް ޒިޔާރާތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ހެލްތް މިނިސްޓަރގެ އިތުރުން އެ ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.