ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު ރިހާން ޝިހާމް އައުކޮށްފިއެވެ.
ރިހާން މި ރިކޯޑު އައުކޮށްފައިވަނީ ތައިލަންޑުގައި މިހާރު ކުރިއަށްދާ އެރީނާ ތައިލަންޑް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައެވެ. އެގޮތުން އޭނާ ރިކޯޑު ހެދީ ހަތަރު މިނެޓު 29.70 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މި ރިކޯޑު އެންމެ ފަހުންވެސް ހަދާފައިވަނީ ރިހާނެވެ. އެއީ ގަތަރުގެ ވެރިރަށް ދޯހާގައި މި އަހަރު ބޭއްވި 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށްގެންނެވެ. އެ ފަހަރު ރިހާން ރޭސް ނިންމީ ހަތަރު މިނެޓު 31.96 ސިކުންތުންނެވެ. އެހެންކަމުން މިއީ 2.26 ސިކުންތުގެ ކުރިއެރުމެކެވެ.