ޚަބަރު

ތެޔޮ ޓޭންކަރެއްގައި ހިނގި ހާދިސާއެއްގައި އެކަކު ފިހިއްޖެ


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައިޒް މޯލްޑިވްސްގެ ތެޔޮ ޓޭންކަރެއްގައި ހިނގި ހާދިސާއެއްގައި އެކަކު ފިހިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެފްއެސްއެމްގެ ތެޔޮ ބޯޓެއްކަމަށްވާ "ބަރުޖޯރާ"ގައި އެފްއެސްއެމުން މަޢްލޫމާތުދެއެވެ. މި ޙާދިސާ ހިނގާފައިވަނީ ބޯޓުގައި ވެލްޑިންގ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި، މި ހާދިސާގައި އަނިޔާވެފައިވަނީ އިންޑިއާގެ ރައްޔިތަކަށް ކަމަށް އެ ކުންފުނީގެ ފަރާތުން ޕީއެސްއެމްއަށް މަޢުލޫމާތު ދިނެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދިނެވެ.