ޚަބަރު

މަޖިލިސް ކެމްޕެއިނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅުތެރެއަށް ވަޑައިގަންނަވަނީ


  • އެމްޑީޕީ، މަޖިލިސް އިންތިހާބުގެ ކެމްޕޭން ދަނީ ކުރިއަށް

  • މިހާރު ކުރިއަށްދަނީ ޑޯޓުޑޯ ހަރަކާތްތަކާއި ޖަލްސާަތައް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ކެނޑިޑޭޓުންގެ ކެމްޕެއިންގެ އެކި ހަރަކާތްތަށް އެޕާޓީން ރާވާފައިވާގޮތަށްބާރަށް ކުރިއަށްދާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ، މިހާރު ކުރިއަށް ދަނީ، ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕޭން ޖަލްސާތައްކަމަށެވެ. މިހާރު ކޮންމެ ރެއަކު ވެސް އެހަރަކާތްތައް ކުރިއަށްގެންދާ އިރު، ދެތިން ދުވަހެއްގެ ތެރޭގައިކެމްޕޭން ދަތުރުތަކުގައި ކެނޑިޑޭޓުންނާއި ޕާޓީގެ ލީޑަރުން ރަށް ރަށަށް ފުރާވަޑައިގަންނަވާނެކަމަށް އެޕާޓީން ބުންޏެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ނުދެވިހުރި ހުރިހާ ދާއިރާއަކަށް ރަމަޟާން މަސް ނިމުމުގެ ކުރިން އެމްޑީޕީގެ ލީޑާރޝިޕުން ދަތުރު ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މި ރަޟާންމަހުވެސް އެމްޑީޕީން އަންނަނީ މާލޭގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙައި، އެޕާޓިގެ ލީޑަރޝިޕްގެ ބޭފުޅުން ގެންދަވަނީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.