ސިއްހަތު

އައިޖީއެމްއެޗްގައި އިންޓަރނޭޝަނަލް ލެބޯޓްރީ ޕްރޮފެޝަނަލްސް ވީކް


"އިންޓަރނޭޝަނަލް ލެބޯޓްރީ ޕްރޮފެޝަނަލްސް ވީކް" އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް – އައިޖީއެމް އެޗުން ފާހަގަ ކުރަމުން އެބަދެއެވެ.

"އިންޓަރނޭޝަނަލް ލެބޯޓްރީ ޕްރޮފެޝަނަލްސް ވީކް" ފާހަގަ ކުރަމުންދަނީ ކޮންމެ އަހަރެގެ އޭޕްރީލް މަހުގެ ފަހު ހަފްތާގައެވެ. މިދުވަހާއި ގުޅުވައިގެން އައިޖީއެމްއެޗުގެ ލެބޯޓްރީއަށް ވަޑައިގަންނަވާ ބަލިމީހުން، އެހޮސްޕިޓަލްގެ ލެބޯޓްރީން ދެއްވާ ހިދުމަތްތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ޚާއްސަ ވީޑިއޯއެއް ވެސް ލޯންޗުކުރައްވާފައެވެ. މި ވީޑިއޯ ލެބޯޓްރީއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފެނާނެ ގޮތަށް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.

އައިޖީއެމްއެޗްގެ ލެބޯޓްރީން އިސްނަގައިގެން ފާހަގަ ކުރަމުންދާ މި ދުވަސް މިފަހަރު ހާއްސަކޮށްފައި ވަނީ އެ ހޮސްޕިޓަލްގެ ލެބޯޓަރީގެ ހިދުމަތް ހޯދަމުން އަންނަ ބަލި މީހުންނަށް ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވައެވެ. އައިޖީއެމްއެޗްގައި 54 ލެބޯޓަރީ ޓެކްނީޝަންނުން ހަރަކާތްތެރިވަމުން ގެންދަވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. ލެބޯޓަރީގައި މަސައްކަތް ކުރާ މުއައްޒަފުންގެ ތެރެއިން 80 އިންސައްތަ ހިއްސާ ކުރަނީ ދިވެހި މުޢައްޒަފުންނެވެ.